8:20 PM -
މިސްރާބު ؟
ކައުސިލްތައް ހޮވާ ރައްފުށުގެ ރައްޔިތުންގެ އަތަށް ރަށް
ހިންގުމުގެ ބާރުވެރިކަން ލިބުމުން މިއަދު މިފެންނަ ހީނަރު ކަމަކީ ކޮބައިބާވައެވެ. އެއްބަޔަކު
ބުނަނީ ކަންކަމަށް ހޮވާފައި ތިބީ ކަމަށް އެކަށީގެން ނުވާ ބަޔަކު ކަމުގައެވެ.
އަނެއްބަޔަކު ބުނަމުން ގެންދަނީ ކަންކުރާން ޤާނޫނީ ބާރު ނެތްކަމަށެވެ. އަދި ހަމަ
އެޔާއި އެކު ބައެއް ކައުންސެލަރުން ބުނަނީ ކަންކުރާންވީ ނުވަތަ ކައުންސިލް
ހިންގާނެ ޤަވައިދުތައް ހެދިފައި ނެތުމުން ހިންގާނެ ޤަވައިދު ތައް ހަދަމުން ދާތީ
ކަންކުރުން ލަސްވަނީ ކަމަށެވެ. އަދި
އަނެއްބައި ކައުންސިލަރުން ގެ ބަހަކީ މަސައްކަތް ކުރާނެ މުވައްޒިފުން މަދުވުމުން
މަސައްކަތް ނުހިންގެނީ ކަމަށެވެ.
ދުރާއި ގާތުން މަންޒަތު ބެލުމަށް ފަހު ދެންނެވޭން އޮތީ މި
ދައްކާ ހުރިހާވާހަކައެއްގެ ކޮންމެވެސް ވަރެއްގެ ޙަޤީގަތެއް އެބައޮތްކަމެވެ.
ނަމަވެސް އަސްލު ކަންކުރާންވީ މަގަށް ކަން ނުހިންގެނީ މުޅީން އެހެން ސަބަބަކާއި
ހުރެއެވެ. އެއީ ކޮން ސަބަބެއްތޯއެވެ؟ ސިޔާސީ ސަބަބެއްވެސް ނޫނެވެ. އިޤްތިޞާދީ
މައްސަލައެއްވެސް ނޫނެވެ. އަދި ޤާނޫނީ ހުސްކަމެއްވެސް ނުމެނޫން މެއެވެ. އަދި
ކީއްތޯއެވެ. ކައުސިލަރުން ގައި ފެންވަރު ނެތަތީކީވެސް ނޫނެވެ. އަދި ކިއްތޯއެވެ؟
ފައިސާ ލިބޭނެ މަގު ނެތަތީ އަކީ އެއްވެސް ނޫނެވެ؟ ހަމަ އެންމެ މައްސަލަ އެކެވެ.
އެއީ ކަމެއް ހަރުދަނާކޮށް ކުރެވޭނީ އެކަމެއްކުރަނީ ކީއްވެތޯ އާއި އެކަން ކުރުމުން މަގުފަހިވަނީ
ކޮންމިސްރާބަކަށް ކަން ސާފުނުވާކަމެވެ. ދާންވީ މަންޒިލް ހަމަ އެއްވެސް ބަޔަކަށް
އޮޅުން ނުފިލާ އޮތްކަމެވެ.
ހަމައެކަނި އޮޅުންފިލާފައި އޮތް ކަމަކީ ސަރުކާރު ގެ ފަސް
ވަޢުދެވެ. ނަމަވެސް ރަށެއްގެ ކުރިމަގަކީ އެރަށެއްގެ ރައްޔިތުން ކަޑައަޅާން އޮތް
މަގެކެވެ. އަދި އެއީ ރަށު ރައްޔިތުންގެ ބައިވެރި ވުމާއި އެކު މެނުވީ ދެވޭނެ
މަގެއްވެސް ނޫނެވެ. ރައްޔިތުން ނާއި ކައުންސިލްތައް އެކީ ގައި މަސައްކަތް ކުރުމުން
ނޫނީ ކުރިމަގުން ގޮސް މަންޒިލާއި ހަމަޔަށް ފޯރުން އޮތީ ވަރަށް ދުރުގައެވެ.
އެހެންކަމުން ވާންޖެހެނީ ކިހެނެއްތޯއެވެ.
ކޮންމެރަށެއްގެވެސް ތަރައްޤީ ގެ މަންޒިލް ތަކެއް ކަޑައެޅުން އެއީ އެންމެ
ފުރަތަމަ ކުރާން ވީ ކަންތަކެވެ. އެހެނީ މިސްރާބު ނެގޭނީ މަންޒިލް އެގުމުން
ކަމުގައި ވާތީއެވެ. ދާންވީ ޙަޤީގީ މަންޒިލަކީ ކޮބްއިތޯ އެވެ؟
ރަށެއްގެ އާބަދީ އަކީ މިދެންނެވި މަންޒިލް ކަޑައަޅާން ތިބި
މީހުންނެވެ. ރައްޔިތުންގެ އެއްބާރުލުން ލިބޭނީ، ރައްޔިތުން ގެ ބޭނުން ތަކުގެ
ތާވަލެއް ހެދި އެތާވަލަށް މަސަކަތް ކުރަންފެށުމުންނެވެ. މިކަން ކުރުމަށް އެހާބޮޑު
ހުރަސް ތަކެއްނެތެވެ. ރަށެއްގައި އެރަށެއްގެ ނިސްބަތުން ކައުންސިލަރުން ހޮވާފައި
ތިބުމުގެ އަސްލު ބޭނުމަކީ ކޮންމެ ކައުންސިލަރެއްގެ ޒިންމާ އާބާދީ ގެ ނިސްބަތުން
ބެހިފައިވާކަމެވެ. އެހެކަމުން އާބާދީގެ އެކައުންސިލަރެއްގެ އިންސައްތައިން
ބޭނުންތައް ހޯދާބެލުމުން ރައްޔިތުންގެ އެއްބާރުލުން ލިބޭނެ މަގު ފަހިވެގެން
ދާނެއެވެ. މިބޭނުންތަކަށް ރަށުގެ ކުރިމަގު ނުފެންނަ މަންޒިލް ތަސްވީރެއްގެ
ސިފައިގާ ފެންނާން ފެށުމުން ދާންވީ މިސްރާބު ހަރުދަނާ ކުރުމަށް މާ އުދަގޫތަކެއް
ނުވަނެއެވެ.